18 Apr 2026

މެޓަޔާއި ޗޮކްލެޓުން ކުއްޖާއަށް ދެވެނީ ލޯތްބެއް ނޫން، ގެއްލުން

ކުދިންނަށް މެޓާ ދިނުމަކީ ބެލެނިވެރިންނާއި ކާފަ/މާމައިން ވެސް އުފަލަކަށް ހަދައިގެން ކުރާ ކަމެކެވެ.

މެޓަޔާއި ޗޮކްލެޓުން ކުއްޖާއަށް ދެވެނީ ލޯތްބެއް ނޫން، ގެއްލުން

ކުދިންނަށް މެޓާ ދިނުމަކީ ބެލެނިވެރިންނާއި ކާފަ/މާމައިން ވެސް އުފަލަކަށް ހަދައިގެން ކުރާ ކަމެކެވެ.

By: Jinas

ކުދިންނަށް މެޓާ ދިނުމަކީ ބެލެނިވެރިންނާއި ކާފަ/މާމައިން ވެސް އުފަލަކަށް ހަދައިގެން ކުރާ ކަމެކެވެ. ކުއްޖަކު ކާމިޔާބީއެއް ހޯދިޔަސް ނުވަތަ ކުދިން މަޑުން "ބަސް އަހައިގެން" ބައިތިއްބަން ބޭނުންވިޔަސް ދެނީ މެޓަޔަކާ ޗޮކްލެޓެވެ. ހުސް ހަކުރެވެ.

މިކަމުގެ ސަބަބުން ކުދިންގެ ސިއްހަތަށް ކުރާ އަސަރާ ބެހޭގޮތުން، ކުޑަކުދިންގެ ޑޮކްޓަރުން ކަމަށްވާ އެޑްވަޑް ގޭޑޮސް އަދި ސްވެޓްލާނާ ޕޮމެރަނެޓްސް އެމެރިކާގެ ކްލީވްލޭންޑް ކްލިނިކްގެ ވެބްސައިޓްގައި މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައިވެ އެވެ.

ހަށިގަނޑު ކުޑަވިވަރަކަށް، ބޭނުންކުރަންޖެހޭ ހަކުރުގެ މިންވަރު މަދުވާންޖެހޭނެކަން އެއީ ބުއްދި ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް، ގިނަ ފަހަރަށް ފެންނަނީ މީގެ އިދިކޮޅެވެ. ކުޑަކުދިންނަށް މާ ގިނައިން ފޮނި އެއްޗެހި ދެވޭތަން އާދެ އެވެ.

އެމެރިކަން ހާރޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، ހަކުރު ބޭނުންކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ޑރ. ޕޮމެރަނެޓްސް އަދި ޑރ. ގޭޑޮސް ފާހަގަކުރައްވަ އެވެ.

ފޮކްސް ނިއުސް

Popular