ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯތައް ކަމަށްވާ ޕެރަމައުންޓް އާއި ވޯނާ ބްރޯސް ޑިސްކަވަރީ އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ހޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންނާއި ފިލްމު އުފައްދާ ފަރާތްތަކުން ތެދުވެއްޖެ އެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނީ އެ ދެ ކުންފުނި އެއްކޮށްލުމާ ދެކޮޅަށް 1،400 އަށް ވުރެ ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމީ ދާއިރާގެ ފަންނުވެރިން ބަޔާނެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ އެމާ ތޮމްޕްސަން، ބެން ސްޓިލާ، ހަވިއޭ ބާޑެމް އަދި ރޯޒް ބާން ވެސް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ބީބީސީގެ ރިޕޯޓެއްގައި ބުނީ އެ ދެ ކުންފުނި އެއްކޮށްލުމާ ދެކޮޅަށް
އެ ބަޔާނުގައި ސޮއިކުރި ފަރާތްތަކުން ބުނި ގޮތުގައި، މި މާސިންގާ "މާޖާ" ނުވަތަ ދެ ކުންފުނި އެއްކޮށްލުމުގެ ސަބަބުން، މިހާރު ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މުނިފޫހިފިލުވުމުގެ ސިނާއަތަށް އިތުރު ގެއްލުންތަކެއް ލިބޭނެ އެވެ.
ދެ ކުންފުނި އެއްކޮށްލުމުން ބޮޑެތި ސްޓޫޑިއޯތަކުގެ އަދަދު މަދުވެ، މާކެޓްގައި އޮންނަ ވާދަވެރިކަން ކުޑަވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ވޮޗްމެން" ފަދަ ސީރީޒްތައް އުފެއްދި ޑޭމަން ލިންޑެލޮފް ބުނި ގޮތުގައި، ސްޓޫޑިއޯތައް އެއްކޮށްލުމުގެ މާނައަކީ އުފައްދާ ފިލްމާއި ޝޯތައް މަދުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުމެވެ.
މިކަމުގެ ސަބަބުން އަގުތައް ބޮޑުވެ، ބެލުންތެރިންނަށް ލިބެން ހުންނަ ކޮންޓެންޓްގެ އިހުތިޔާރުތައް މަދުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 111 ބިލިއަން ޑޮލަރުގެ މި މުއާމަލާތާ ގުޅޭ ގޮތުން ޕެރަމައުންޓްގެ ސީއީއޯ ޑޭވިޑް އެލިސަން ބުނީ ދެ ކުންފުނި އެއްކޮށްލި ނަމަވެސް ދެ ސްޓޫޑިއޯ ވެސް ހިންގާނީ ވަކިވަކިން ކަމަށެވެ. އަދި އަމާޒަކީ އަހަރަކު މަދުވެގެން ފެންވަރު ރަނގަޅު 30 ފިލްމު ސިނަމާތަކަށް ނެރުން ކަމަށް އޭނާ ބުންޏެވެ.
ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމީ ދާއިރާގެ ފަންނުވެރިން ބަޔާނެއްގައި ސޮއިކޮށްފައިވާ ކަމަށެވެ
— އަލީ ހުސެއިންބީބީސީގެ ރިޕޯޓެއްގައި ބުނީ އެ ދެ ކުންފުނި އެއްކޮށްލުމާ ދެކޮޅަށް 1،400 އަށް ވުރެ ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމީ ދާއިރާގެ ފަންނުވެރިން ބަޔާނެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ އެމާ ތޮމްޕްސަން، ބެން ސްޓިލާ، ހަވިއޭ ބާޑެމް އަދި ރޯޒް ބާން ވެސް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ބަޔާނުގައި ސޮއިކުރި ފަރާތްތަކުން ބުނި ގޮތުގައި، މި މާސިންގާ "މާޖާ" ނުވަތަ ދެ ކުންފުނި އެއްކޮށްލުމުގެ ސަބަބުން، މިހާރު ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މުނިފޫހިފިލުވުމުގެ ސިނާއަތަށް އިތުރު ގެއްލުންތަކެއް ލިބޭނެ އެވެ.
ދެ ކުންފުނި އެއްކޮށްލުމުން ބޮޑެތި ސްޓޫޑިއޯތަކުގެ އަދަދު މަދުވެ، މާކެޓްގައި އޮންނަ ވާދަވެރިކަން ކުޑަވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވޮޗްމެން" ފަދަ ސީރީޒްތައް އުފެއްދި ޑޭމަން ލިންޑެލޮފް ބުނި ގޮތުގައި، ސްޓޫޑިއޯތައް އެއްކޮށްލުމުގެ މާނައަކީ އުފައްދާ ފިލްމާއި ޝޯތައް މަދުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުމެވެ.
ބެލުންތެރިންނަށް ލިބެން ހުންނަ ކޮންޓެންޓްގެ އިހުތިޔާރުތައް މަދުވާނެ
މިކަމުގެ ސަބަބުން އަގުތައް ބޮޑުވެ، ބެލުންތެރިންނަށް ލިބެން ހުންނަ ކޮންޓެންޓްގެ އިހުތިޔާރުތައް މަދުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
GALLERY
ބިލިއަން ޑޮލަރުގެ މި މުއާމަލާތާ ގުޅޭ ގޮތުން
ގާތްގަނޑަކަށް 111 ބިލިއަން ޑޮލަރުގެ މި މުއާމަލާތާ ގުޅޭ ގޮތުން ޕެރަމައުންޓްގެ ސީއީއޯ ޑޭވިޑް އެލިސަން ބުނީ ދެ ކުންފުނި އެއްކޮށްލި ނަމަވެސް ދެ ސްޓޫޑިއޯ ވެސް ހިންގާނީ ވަކިވަކިން ކަމަށެވެ. އަދި އަމާޒަކީ އަހަރަކު މަދުވެގެން ފެންވަރު ރަނގަޅު 30 ފިލްމު ސިނަމާތަކަށް ނެރުން ކަމަށް އޭނާ ބުންޏެވެ.
އިންސްޓަގްރާމްގެ "ސްޓޯރީ" ޕޯސްޓްތައް ބެލިޔަސް އެކަން ނޭނގޭ ފީޗާއެއް ދުވަސްކޮޅަކުން ލިބިދާނެ އެވެ. އިންސްޓަގްރާމް ހިންގާ މެޓަ ކުންފުނިން ވަނީ އެ ޕްލެޓްފޯމްގެ ސަބްސްކްރިޕްޝަން ފީޗާތަކެއް ޓެސްޓުކުރަމުން އަންނަ ކަމަށާއި މި ސަބްސްކްރިޕްޝަން ދައްކާ މީހުން، 24 ގަޑިއިރުން ފޮހެވޭ، އެހެން މީހުންގެ ސްޓޯރީތައް ބެލިޔަސް އެކަން އެ ސްޓޯރީއެއް ލީ މީހަކަށް ނުވެސް އެނގޭނެ ކަމަށެވެ.
ފައިސާ ދައްކައިގެން މި ހިދުމަޔް ހޯދާ މީހުންނަށް، އެ މީހުން ޝެއާކުރާ ފޮޓޯ ނުވަތަ ވީޑިއޯ ސްޓޯރީތައް ބެލޭނީ ކޮން އެކައުންޓްތަކަކަށްތޯ ކަނޑައެޅުމުގައި މިހާރަށްވުރެ ބޮޑު އިހުތިޔާރުތަކެއް ވެސް ދޭނެ ކަމަށް "ޓެކް ކްރަންޗް" އިން މެޓަ އާ ހަވާލާދީ ބުންޏެވެ.
މެޓަގެ ތަރުޖަމާނަކު ބުނީ މި ފީޗާތައް އަދި ޓެސްޓުކުރަމުން އަންނަނީ ވަރަށް މަދު ގައުމެއްގައި ކަމަށެވެ. އެކަމަކު އެއްވެސް ތަފްސީލެއް އޭނާ ނުދެ އެވެ.
ޓެކް ކްރަންޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގައުމުތަކުގެ ތެރޭގައި ޖަޕާން، މެކްސިކޯ އަދި ފިލިޕީންސް ހިމެނެ އެވެ. އަދި ސަބްސްކްރިޕްޝަން އަގު އުޅެނީ މަހަކު ގާތްގަނޑަކަށް ދެ ޑޮލަރުގައި ކަމަށް ވެސް ބުނެފައިވެ އެވެ.