4 Jul 2024

By: Aishath Mihna Nasih

ބޮޑީ ސްކްރަބް ކުރުން ނުވަތަ އެކްސްފޯލިއޭޝަންގެ ނަން ދީފައިވާ ސްކިންކެއާ ޕްރެކްޓިސްއަކީ ހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލައި، ދަށުގައި ހުންނަ ލުއި، ދުޅަހެޔޮ ހަންގަނޑު ހާމަކުރުމަށް އެހީތެރިވެދޭ ސްކިންކެއާ ޕްރެކްޓިސްއެކެވެ. މިއީ އެކަން ހަރުދަނާ ގޮތެއްގައި ކުރާނެ ގޮތާއި، އެކަން ކުރަންވީ ގޮތާއި އޭގެ ފައިދާ އާއި މައިގަނޑު ވިސްނުންތަކާ ބެހޭ ގޮތުން ވަރަށް އާދައިގެ ގައިޑެކެވެ.

ސްކްރަބް ކުރާނީ ކިހިނެއް؟

ސްކްރަބް އިހްތިޔާރު ކުރުން: ހަމުގެ ވައްތަރާ ގުޅޭ ބޮޑީ ސްކްރަބް އެއް ޚިޔާރުކުރާށެވެ. ހަކުރު، ލޮނު، ނުވަތަ ކޮފީ ގްރައުންޑް ފަދަ ގުދުރަތީ އެކްސްފޯލިއެންޓްސް އެކުލެވޭ ސްކްރަބްތައް ހޯދުމާއި، ނިއުޓްރިޝިން އޮއިލް ނުވަތަ މޮއިސްޗަރައިޒާ ފަދަ ތަކެތި އެކުލެވޭ ސްކްރަބްތައް ހޯދާށެވެ.

ތައްޔާރުވުން: ސްކްރަބް އެޅުމުގެ ކުރިން ހަންގަނޑު ތެތްކުރުމަށް ހޫނުކޮށް ފެންވަރާށެވެ. އޭރުން ސްކްރަބްގެ ބޭނުން އެންމެ ބޮޑަށް ކުރާނެއެވެ.

އެޕްލިކޭޝަން: ސްކްރަބްގެ މިންވަރެއް ނަގައި، މަޑުމަޑުން ސަރކިއުލާ މޯޝަންތަކުގައި އޮމާން ހަންގަނޑަށް މަސާޖުކޮށްލާށެވެ. އުޅަބޮށްޓާއި ކަކޫ ފަދަ ކުރަކިކަން ގަދަ ސަރަހައްދުތަކަށް ސަމާލުކަން ދޭށެވެ.

ދޮވެލުން: އިރުކޮޅަކު ސްކްރަބް ކުރުމަށްފަހު ހޫނު ފެނުން ރަނގަޅަށް ދޮވެލާށެވެ. އަދި ތުވާލިން ހަންގަނޑު ހިއްކާލާށެވެ.

މޮއިސްޗަރައިޒް: ސްކްރަބްކުރުމަށްފަހު ހަންގަނޑުގައި ރަނަގޅު މޮއިސްޗަރައިޒާއެއް ހާކާލުން މުހިންްމެވެ.

ބްޑީ ސްކްރަބް

ސްކަރަބް ކުރަންވީ ކިހާވަރަކަށް؟

ބޮޑީ ސްކްރަބް ކުރުމުގެ ފްރިކުއެންސީ ބަރޯސާވަނީ ހަމުގެ ބާވަތާއި ސެންސިޓިވިޓީގެ މައްޗަށެވެ.

ޑްރައި ނުވަތަ ސެންސިޓިވް ސްކިން: ސްކްރަބް ކުރުން ހަފުތާއަކު އެއް ފަހަރު ލިމިޓްކޮށް، ހަންގަނޑު ހަލާކުވުމުން ރައްކާތެރިކުރުން މުހިންމެވެ.

ނޯމަލް ޓު އޮއިލީ ސްކިން: ހަފުތާއަކު ދެތިން ފަހަރު އެކްސްފޯލިއޭޓް ކޮށްލެވިދާނެ އެވެ.

ބޮޑީ ސްކްރަބް ކުރުމުގެ ފައިދާ

ހަންގަނޑު އޮމާންވޭ: ރެގިއުލަރ އެކްސްފޯލިއޭޝަންގެ ސަބަބުން ހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލައި ހަންގަނޑު މަޑުވެ ލުއިކަން އިހުސާސްކުރެވެއެވެ.

ސާކިއުލޭޝަން ރަނގަޅުކުރުން: ސްކްރަބް މަސާޖު ކުރުމުން ލޭ ދައުރުވުމަށް ބާރު އަޅައި، ހަންގަނޑު ދުޅަހެޔޮކޮށްދެ އެވެ.

އެންހަންސް އެބްސޯޕްޝަން: މަރުވެފައިވާ ސެލްތައް ނައްތާލުމުން ބޮޑީ ލޯޝަންތަކާއި ކްރީމްތައް އަޑިއަށް ވަދެ، އެސެލްތަކުގެ އަސަރު އެންމެ ބޮޑުކޮށްދޭން އެހީވާ ކަމެކެވެ.

ބްރައިޓެންސް ކޮމްޕްލެކްޝަން: ރެގިއުލަރކޮށް އެކްސްފޯލިއޭޓް ކުރުމަކީ ހަމުގެ ކުލަވެސް ބޭރުކޮށްދޭން އެހީއެކެވެ.

ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ކަންކަން

އޯވާ ސްކްރަބް ކުރުމުން ދުރުހެލިވުން: މާ ގިނައިން ޕްރެޝަރު ކުރުން ނުވަތަ މާ ގިނައިން ސްކްރަބް ކުރުމަކީ ހަންގަނޑަށް ގެއްލުން ދޭ ކަމެކެވެ. މާގިނައިން އަދި މާ ގަދައަށް ނުކުރާށެވެ.

އާ ޕްރޮޑަކްޓްތައް ޓެސްޓްކުރާތި: ހާއްސަކޮށް ސެންސިޓިވް ހަންގަނޑެއް ހުންނަ ނަމަ، ހުރިހާ ތަނެއްގައި ބޭނުން ކުރުމުގެ ކުރިން ކުޑަ ސަރަހައްދެއްގައި ސްކްރަބް ޓެސްޓް ކުރާށެވެ. ހަންގަނޑުގެ ހާލަތު ގޯސްވެ ބިހިނެގުން ފަދަ ކަންކަން ދިމާވެދާނެއެވެ.

ހައިޑްރޭޓް: އެކްސްފޯލިއޭޝަނަށް ފަހު ހަންގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް މޮއިސްޗަރައިޒާ ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ބޮޑީ ސްކްރަބް ކުރުން ސްކިންކެއާ ރޫޓިންގައި ހިމެނުމުން ގިނަ ފައިދާތަކެއް ލިބި، ހަންގަނޑަށް ދުޅަހެޔޮ ކަމުގެ އިހުސާސް ކުރެވެ އެވެ. އެންމެ ރަނގަޅު ނަތީޖާއަކަށް ހަމުގެ ބާވަތަށް ފެތޭ ރަނގަޅު އުފެއްދުންތަކާއި ޓެކްނިކްތައް އިޚްތިޔާރު ކުރަން ހަނދާން ބަހައްޓާށެވެ.

ސިއްހަތު ހަމުގެ ފަރުވާ

Popular