20 Jun 2024

ކިޔާލަން: ސަޗް އަ ފަން އޭޖް

ކިޔާލަން: ސަޗް އަ ފަން އޭޖް

އެކި ކަހަލަ ސްކްރީނުތަކާއި ސޯޝަލް މީޑިއާއާ ދުރަށް ޖެހިލައި ސިކުނޑިތައް ތާޒާކޮށްލުމަށް ފޮތެއް ކިޔާލަން ހިތްވަރު ދިނުމުގެ ގޮތުން ގެނެސްދޭ މި ސެގްމެންޓުގައި މިފަހަރު މި އޮތީ 2019 ގައި ނުކުތް ވާހަކަ ފޮތެކެވެ. މިއީ ކައިލީ ރީޑް ނަމަކަށް ކިޔާ ލިޔުންތެރިޔާގެ އެންމެ ފުރަތަމަ ފޮތެވެ.

"ސަޗް އަ ފަން އޭޖް" މި ފޮތަކީ ޑްރާމާއިން ފުރިގެންވާ ސޯޕް އޮޕްރާއެއް ކަހަލަ ވާހަކައެވެ.

ވާހަކައިގައި ވަނީ ކިހިނެއް؟

މި ވާހަކައިގައި އުޅޭ 25 އަހަރުގެ ކަޅު ނަސްލުގެ އަންހެން ކުއްޖެއް ކަމަށްވާ އަމީރާ އަކީ އާމްދަނީ ހޯދަން އެލިކްސްގެ ކުޑަ ދަރިފުޅު ބޭބީ ސިޓް ކުރާ މީހެކެވެ. އެލިކްސް އަކީ ދޮން ނަސްލުގެ މީހެއްކަމުން އެއްރޭ އަމިރާ ބޭރަށް ނުކުމެ އުޅެނިކޮށް ފިހާރައެއްގައި ހުރި ސެކިއުރިޓީ ގާޑަކަށް ފެނުމާ އެކު، އަމީރާ ހުރީ އެ ކުޑަކުއްޖާ ރަހީނުކޮށްގެން ކަމަށް ނިންމައި ބޮޑު ހަމަނުޖެހުންގަނޑެއް އެތަނުގައި ހިންގި އެވެ. މި ސަރަހައްދަށް އެއްވި މީހަކު ވަނީ މި ހަމަނުޖެހުން ވީޑިއޯ ވެސް ކޮށްފަ އެވެ.

މިހުރިހާ ކަމެއް ހައްލުކޮށްދޭން އެލިކްސް މަސަތްކަތްކުރި ނަމަވެސް މި ދެ މީހުންގެ ނަސްލުގެ ފަރަގު ހުރި ހިސާބުން އަމީރާ އަށް ދިމާވާ ކަންކަން އިހުސާސުކުރަން އުނދަގޫ ވެސް ވެ އެވެ.

މި ބޮޑު މަސްހުނިގަނޑުގެ ތެރެއިން ކުރީގެ ދަންނަ މީހުންނާއި ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ގުޅުންތަކާ މެދު ނޭނގި ނަމަވެސް ވިސްނާނުލައި ކުރެވޭ ބައެއް ކަންކަމުން އަމީރާގެ ދިރިއުޅުމަށް ކުރާ އަސަރުތައް ކިޔައިދެ އެވެ.

Popular