19 Jun 2024

ގިނައިރު ވަސް ހުންނާނެ ސެންޓާއި ވަސް ހިފަހައްޓާނެ ގޮތް

ގިނައިރު ވަސް ހުންނާނެ ސެންޓާއި ވަސް ހިފަހައްޓާނެ ގޮތް

ސެންޓުގެ ވަސް ގިނަ ވަގުތު ބަހައްޓަން ބައިވަރު ފެކްޓާތައް އެބަހުއްޓެވެ. މީގެ ތެރެއިން އެ ސެންޓެއްގައި ހުންނަ މާއްދާތަކަކީ ބޮޑު ބައެއް ކުޅެދޭ އެއްޗެކެވެ.

މިސާލަކަށް، ވޫޑް، ރެސިން، ވެނިލާ އަދި މަސްކުގެ ބައިތަަކަކީ ގިނަ އިރު ވަސް ދައްމަހައްޓާ އިންގްރިޑިއަންޓުތަކެކެވެ. މިއާ ހިލާފަށް، މަޑު ވަސް ހުންނަ ސަމާ ސެންޓުތަކަކީ ކުޑަ ވަގުތުކޮޅަކަށް ވަސް ދެމިހުންނާނެ ސެންޓުތަކެކެވެ. ސެންޓުގެ އެކްސްޕާޓެއް ކަމަށްވާ އެލެކްސެންޑާ މޮނެޓްގެ އެހީއާ އެކު، ސެންޓެއް ގަތުމުގެ ކުރިން، ގިނަ އިރު ވަސް ހުންނާނެ ސެންޓެންތޯ ދެނެގަންނާނެ ގޮތްތަކަށް ބަލައިލަން ހިނގާށެވެ.

ބޮޑު އަގެއް ދީފައި ސެންޓުގަންނަ އިރު އެ ވަހެއްގެ އަސަރު މުޅި ދުވަހު ހުރުމަށް އެންމެން ވެސް ބޭނުންވާނެ އެވެ.

ސެންޓު ގަންނަ އިރު އޭގައި އނޮންނަ ނަމަށް ސަމާލުކަން ދިނުން މުހިންމެވެ. މިސާލަކަށް، "އެކްސްޓްރެއިޓް ޑި ޕާފިއުމް" ނުވަތަ "އޮ ޑި ޕާފިއުމް" އަކީ މީގެތެރެއިން އެންމެ ގިނަ އިރު ވަސް ހުންނާނެ ސެންޓުތަކުގައި ޖަހާފައި ހުންނަ ނަމެވެ. ހަމަ އެ ސެންޓުގެ "އޮ ޑި ކޮލޮން" ނުވަތަ "އޮ ޑި ޓޮލެޓް" ގައި ވަސް ހުންނަލެއް މަޑުވާނެ އެވެ.

ޕާފިއުމް ނުވަތަ "އެކްސްޓްރެއިޓް ޑި ޕާފިއުމް"

މިއޫ އެސެންޓުގެ ކޮންސެންޓްރޭޝަން އަދަދު ގިނަވާނެ ސެންޓުތަކުގައި ޖަހާފައި އޮންނަ ނަމެވެ. މީގެ ސެންޓުތަކުގައި 40-20 ޕަސެންޓާ ދެމެދު ސެންޓު ހިމެނިފައި ހުންނާނެ އެވެ. ނަތީޖާއެއްގެ ގޮތުން، 12-8 ގަޑިއިރަށް ވުރެއް ގިނަ އިރު މި ސެންޓުތަކުގެ ވަސް ހަންގަނޑުގައި ދެމިހުންނާނެ އެވެ.

"އޮ ޑި ޕާފިއުމް"

މިނަން ޖަހާފައި ހުންނަ ފުޅިތަކުގައި ސެންޓުގެ ކޮންސެންޓްރޭޝަން ޕަސެންޓު ހުންނަ މިންވަރަކީ 20-15 އާ ދެމެދެވެ. އަދި 8-6 ގަޑިއިރާ ހިސާބަށް މީގެ ވަސް ހުރެ އެވެ.

"އޮ ޑި ޓޮލެޓް"

މިއަށް އިތުރު އެހެން ނަމެއް ވެސް ކިޔަ އެވެ. "ރިފްރެޝިންގް ވޯޓާ" އެވެ. މީގެ ނަން ޖަހާފައި ހުންނަ ފުޅިތަކުގައި ސެންޓުގެ މިންވަރު އެކުލެވިފައި ހުންނަނީ 15-5 ޕަސެންޓާއި ދޭތެރޭގަ އެވެ. އަދި މި ސެންޓުތަކުގެ ވަހަކީ 5-3 ގަޑިއިރަށް ހިފަހައްޓާލާނެ ވަސްތަކެވެ.

"އޮ ޑި ކޮލޮން"

މިއީ އެންމެ އަވަހަށް ވަސް ދާނެ ވައްތަރުގެ ސެންޓުތަކެވެ. މި ފުޅިތަކުގައި ސެންޓުގެ ޕަސެންޓު ހުންނާނީ 5-3 އާއި ދޭތެރޭގަ އެވެ. އަދި މީގެ ވަސް ހިފަހައްޓާލާނީ ވެސް އެންމެ ގިނަ އިރު ވެގެން ތިން ގަޑި އިރެވެ.

ހަންގަނޑުގެ ސިއްހަތު ރަނގަޅުވާން ޖެހޭ

ހަންގަނޑު ކުރަކިވެފައި ފެން މަދުވެފައި ހުންނަ ނަމަ ސެންޓުތައް ގައިގައި ހަރުލެއްވުމަކީ އުނދަގޫކަމެކެވެ. އެހެންވެ، ސެންޓު ޖެހުމުގެ ކުރިން ރަނގަަޅަށް މޮއިސްޗަރައިޒްކުރުން މުހިންމެވެ. ވަހެއް ނުހުންނަ ލޯޝަނެއް އުނގުޅާލުމުން ސެންޓުގެ ވަހާ މަސްހުންޏެއް ނުވާނެ އެވެ. ނުވަތަ ސެންޓު ޖަހަން ބޭނުންވާ ތަންތަން ކޮޅުގައި ވެސްލިން ކޮޅެއް ހާކާލުމުން ވެސް ރަނގަޅުވާނެ އެވެ. ލޯޝަން ލައިގެން ވެސް ހަންގަނޑު މާ ބޮޑަށް ހިކޭ ނަމަ ގައިގަލާ ރަނގަޅު ތެޔޮ ފޮދެއް ލޯޝަނާ އެއްކޮށްލައިގެން ހާކާލުމަށް ފަހު ސެންޓު ޖަހާލާށެވެ.

ހެދުމަށް ސެންޓު ޖަހަންވީތަ؟

ކުރިން އަހަރުމެން އެންމެންނަކީ މުޅި ހެދުމަށް އެކަނި ސެންޓު ޖަހައި އުޅުނު މީހުންނެވެ. ނަމަވެސް މިހާރު ޒަމާނާ އެއްގޮތަށް ކަންކަން ރަނގަޅަށް އެނގި ހަންގަނޑުގައި ވަސް ހަރުލުމަކީ ބޭނުންވާ ގޮތްކަން އެނގުނު ހިސާބުން ހެދުމަށް ސެންޓު ބުރުވުން ހުއްޓާލައިގެން އުޅޭ މީހުން ފެނެ އެވެ. ނަމަވެސް ސެންޓުގެ އެކްސްޕާޓުން ބުނާ ގޮތުގައި ދެތިން ފަހަރު ހެދުމަށް ވެސް ސެންޓު ބުރުވާލުމަކީ ގިނަ އިރު ސެންޓުގެ ވަސްގަނޑު ބެހެއްޓުމަށްޓަކައި މުހިންމުކަމެކެވެ.

ހަންގަޑު އުނގުޅާނުލާތި

އަތާއި ކަންފަތުގެ ފަހަތަށް ސެންޓު ޖެހުމަށް ފަހު މުޅި ސަރަހައްދުގައި އުނގުޅާލުމުގެ ބޭނުމުގައި ނިކަން ގިނަ ފަހަރު މިކަން ކޮށްލެވެ އެވެ. ނަމަވެސް މިއޫ މުޅިން ގޯހެއްކަން ސެންޓުގެ އެކްސްޕާޓު ނުވެއިސިކް ބުނެ އެވެ. ހަންގަނޑަށް ސެންޓު ޖެހުމަށް ފަހު އަތްނުލައި ބަހައްޓާލާށެވެ.

Popular