20 Jun 2024

By: Aishath Mihna Nasih

ރީތިވުމަކީ ކޮންމެހެން އެހެން މީހުންނަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ އަމިއްލަ ހިތްހަމަޖެހުމާއި އަމިއްލަ ނަފްސާ މެދު ދެކޭ ގޮތާއި އަދި އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. މިކަމުގައި އެންމެ ބޮޑު އެހީއެއްވެދޭ އެއް ކަމަކީ އަހަރެމެންގެ ސެންޓެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ސެންޓުން އަހަރެމެންގެ މޫޑު ރަނގަޅުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވަކި ވަހެއްގެ ނޯޓްތަކުން މޫޑަށް އަސަރު ކުރެ އެވެ. ބިހޭވިއަރަލް ސައިންސް ޖާނަލް ކެމިކަލް ސައިންސަސްގެ 2005 ވަނަ އަހަރުގެ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކްލެމެންޓައިން އާއި ވެނީލާ ފަދަ ސެންޓް ނޯޓްތަކުގެ ސަބަބުން އަޕްލިފްޓިން އަސަރުތަކެއް ކުރާއިރު، ވަސް ދުވާ ވަގުތުން ފެށިގެން އުފާވެރިކަމާއި ހަމަޖެހުމުގެ އިހުސާސްތައް އިތުރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މިއީ މިހާރުވެސް ޓިކްޓޮކްގައި އެންމެ މަޝްހޫރު ދެ ސެންޓް ޕްރޮފައިލް އެވެ. އެހެންކަމުން މީހުންނަށް މި ނޯޓުތައް ކަމުދަނީ މި އުފާވެރި އިހުސާސްތަކާއި ގުޅޭތީ ކަމަށް ގަބޫލުކުރެވެެ އެވެ.

މީގެ އިތުރުން ދިރާސާތަކުން ދައްކާ ގޮތުގައި ޑިޕްރެޝަން ފަދަ ނަފްސާނީ ބައެއް ހާލަތުތަކަށް ވެސް އެކި ކަހަލަ ސެންޓުވަސްތަކުން އެހީތެރިވެދެ އެވެ.

"އަހަރެމެންނަށް ވަސް ދުވާ އެއްޗެއް ސިކުނޑީގެ އޮލްފެކްޓަރީ ބަލްބް ކިޔާ ބަޔަކަށް އިހުސާސް ކުރެވޭ،" މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލާއި ހާވާޑް މެޑިކަލް ސްކޫލްގެ ނިއުރޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރު ނިކްޓޭ މެޖިއާ، ވިދާޅުވެފައިވެ އެވެ. "އެއީ ޖަޒުބާތުތަކާ ގުޅުން ހުރި ނާރުތަކުގެ ނިޒާމުގެ އެހެން ބައިތަކާ ގުޅިފައިވާ ކަމެއް."

އެގޮތުން، ދިރާސާތަކުން ދައްކާ ގޮތުގައި އާދަޔާ ޚިލާފު ވަހަކަށް ހުށަހެޅުމަކީ ޑިޕްރެޝަން ހުންނަ މީހުންނަށް އަމިއްލައަށް ވަކި ކަންތައްތަކެއް ހަނދާން ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަމަށް އޮޓޯބަޔޮގްރަފިކަލް މެމޮރީސް ކިޔަ އެވެ. އެއީ އެ މީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިވެދޭ ކަމެކެވެ.

ދެން އުފެދޭ ސުވާލަކީ މީރުވަސްތަކާއި މޫޑާ މި އޮންނަ ގުޅުމަކީ ކޮބައިތޯ އެވެ. މީރުވަހާއި މޫޑާ ދެމެދު އޮންނަ އެންމެ ބޮޑު އެއް ގުޅުމަކީ ހަނދާނެވެ. ބްރެއިން ސައިންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެއް ލިޔުމެއްގައި، ރޭޗަލް އެސް ހެރްޒް ވަނީ މި ދެ ކަންތައް ގުޅިފައިވާ ގޮތް ސީދާ ކިޔައިދީފަ އެވެ. ޕްރައިމަރީ އޮލްފެކްޓަރީ ކޮޓަކްސްގައި ހިމެނެނީ އިމޯޝަނަލް އެކްސްޕީރިއަންސް އާއި އިމޯޝަނަލް މެމޮރީ ޕްރޮސެސް ކުރާ އެމިގްޑާލާ އެވެ.

"[އޭގެ ތެރޭގައި ހިމެނެނީ] އެސޯސިއޭޓިވް ލާނިންގައި ބައިވެރިވާ ހިޕޯކެމްޕަސް. މިހެންކަމުން ހަމައެކަނި ވަސްދުވުމުގެ އަމަލުން އެމިގްޑާލާ-ހިޕޯކެމްޕަލް ކޮމްޕްލެކްސް އެކްޓިވޭޓް ވެއެވެ."

ކުރުކޮށް ބުނާ ނަމަ ވަސް ޕްރޮސެސް ކުރެވެނީ ހަމަ ޖަޒުބާތު އުފައްދައި ހަނދާން އިންތިޒާމުކުރާ ސަރަހައްދުތަކުގެ ތެރެއިންނެވެ. އެހެންވެ ވަހެއް ފުރަތަމަ ދުވާ ވަގުތަކާ ގުޅުން ހުރި ހަނދާނެއް އެ ވަހަކާ އެކު ސިކުނޑީގައި ހަރުލަ އެވެ.

ދެން ފަހަރަކުން ކަމަކާ މާބޮޑަށް މާޔޫސްވެ ދެރަވާ ނަމަ، ނިކަން މީރު ވަސް ދުވާ ސެންޓެއް ޖަހާލާށެވެ. ވާގޮތެއް އެނގިދާނެތާ އެވެ.

މެންޓަލް ހެލްތް

Popular